ޚަބަރު

ދެ ބިދޭސީއަކު މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

މިރޭ މާލޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ބުރައްކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

Ads by MWSC

ފުލުހުން ބުނީ މާރާމާރީ ހިނގާފައިވަނީ މިރޭ 10:43 ހާއިރު ބޮޑުތަކުރުފާނު މަގުގައި ބަންގްލަދޭޝް ދެ ފިރިހެނުންގެ މެދުގައި ކަމަށާއި އެ ދެ މީހުންގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގައި އެތަނުން އެކަކު އަނެއް މީހާގެ ބުރަކައްޓަށް ތޫނު ހަތިޔާރަކުންް ހަމަލާދީފައި ކަމަށެވެ.

ފުލުހުން ބުނީ ހަމަލާ ދިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށާއި ޒަހަމްވި މީހާއަށް ފަރުވާ ދޭން މިރޭ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!