އުމްރާނީ ތަރައްގީ ފުޅާކުރަން ރައީސް އިތުރު ކުންފުންޏެއް އުފައްދައިފި

އުމްރާނީ ތަރައްގީ ފުޅާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރު ކުންފުންޏެއް މިއަދު އުފައްދައިފި އެވެ.
"އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި އެ ކުންފުނި ރައީސް އުފެއްދެވީ މިއަދު އެމަނިކުފާނު ނެރުއްވި ގަރާރަކުންނެވެ.
މިއީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ސަރަހައްދުތަކުގައި ވެސް އުމްރާނީ ތަރައްގީ ފުޅާކުރުމަށް ޓަކައި އުފެއްދި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ެައަދި ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަންކޮށް އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން އެ ކުންފުނިން ތަންފީޒުކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 10 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާ އެވެ.
އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަައުވާކުރުމާއި، ދަަައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ ގަނޫނީ ގޮތުން އޮންނަ އަމިއްލަ ޝަހުސެވެ.
