ޚަބަރު

ރާއްޖޭގެ ސަރަހައްދުގެ މުހިއްމު ކަމުގެ ނާޖާއިޒު ފައިދާ ނަގަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނަން: ރައީސް

. ، ދެން އޮންލައިން
ރައީސް އޮފީހުގެ ޕްރެސްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ހިމެނޭ ސަރަހައްދުގެ މުހިއްމު ކަމުގެ ނާޖާއިޒު ފައިދާ ނަގަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަަމށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ވެސް ވަނަނުދިން ޗައިނާގެ ރިސާޗު އުޅަނދު "ޝިއަންގް ޔަންގް ހޮންގް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އައެވެ. އެ އުޅަނދު ރާއްޖެ އައުމުން ޗައިނާގެ އެންމެ ބޮޑު ވާދަވެރި ގައުމު އިންޑިއާއިންވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އެ އުޅަނދުން ރާއްޖޭގައި ރިސާޗްކުރަނީ އަސްކަރީ ބޭނުންތަކަށެވެ. އެކަމާއި ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އޭރު ވަނީ  އެ އުޅަނދުން އެއްވެސް ރިސާޗު މަސައްކަތެއް ނުކުރާނެ ކަމަށް ބުނެފަ އެވެ.

އެ އުޅަނދު ރާއްޖެ އަށް ކުރި ދަތުރާގުޅޭ ގޮތުން އިނގިރޭސި ބަހުން ގެނެސްދޭ ސްރީލަންކާގެ ''ސިލޯން ޓުޑޭ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ބައެއް ގައުމުތަކާއި ހިޔާލުތަފާތުވުންތައް އުފެދުނު ނަމަވެސް ރާއްޖެއިން މަސައްކަތްކުރަނީ ހުރިހާ ގައުމުތަކާއެކު އެކުވެރި ގުޅުމެއް ގާއިމުކުރުމަށް ކަމަށެވެ. ރާއްޖެއިން ބޭރުގެ ގައުމުތަކާ ދެމެދު ގެންގުޅޭ ސްޓޭންޑަށް ބަދަލު ގެންނާނީ ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވީމާ، އަޅުގަނޑުމެން ވަރަށް ސާފުކޮށް [ޗައިނާގެ އުޅަނދު ރާއްޖެ އަށް އައުން] އެއީ އެއްވެސް ގައުމަކާއި މައްސަލައެއް ޖެހުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ނޫން

ރައީސް ވިދާޅުވީ ބޭރުގެ އުޅަނދުތައް ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދަށް ވަންނަ ހުއްދަދެނީ ގައުމީ މަސްލަހަތަށް ރިއާޔަތްކޮށް، މި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ގާއިމުކުރެވިފައިވާ ހުރިހާ ޕްރޮޓޮކޯލްތަކަކާއި ބައިނަލްއަގްވާމީ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރާސާއެއް ކުރުމުގެ ފުރުސަތެއް އެއްވެސް ގައުމަކަށް ނުދެން" އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން އެމެރިކާ އާއި އިންޑިއާ އުޅަނދުތަކަށްވެސް ރާއްޖެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ ކަމެއްގައި ޖިއޮގްރަފިކަލް ލޮކޭޝަން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ރާއްޖެއިން ނުދޭނެ

ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް އިސްކަންދޭނީ ސަރަހައްދުގައި ސުލްހަ މަސްލަސްކަން ގާއިމުކުރުމަށް ކަމަށެވެ.

Ads by Ooredoo