Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކަރަންޓު ކެނޑުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސް އަންގަވައިފި

ކަރަންޓު ކެނޑުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސް އަންގަވައިފި
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް އަންގަވައިފި އެވެ. ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 12:30 އެހާއިރު އެވެ. ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. ހައްޖުގެ އަޅުކަން އަދާުރެއްވުމަށް މި ވަގުތު ސައުދީއަރަބިޔާ އަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.
މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން
މާލެ، ހުޅުމާލެގެ އިތުރުން ވައިގެ މައި ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފަ އެވެ. އެމްއޭސީއެލުން ބުނީ ބެކަޕް ޖަނަރޭޓަރުތައް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް