Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕްރައިމަރީއަކާ ނުލައި އަންނަ ކެނޑިޑޭޓަކަށް ތާއީދު ނުކުރާނަން: ވައްޑެ

ޕްރައިމަރީއަކާ ނުލައި އަންނަ ކެނޑިޑޭޓަކަށް ތާއީދު ނުކުރާނަން: ވައްޑެ

2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި އަންނަ ކެނޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވެފައި ވަނީ، 2023ވަނަ އަހަރުގައި، މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަ ކުރައްވާނެ ކަމަށް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދަވަނީ، ރައީސް ޞާލިޙަށް ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ދޭން ވަކާލާތު ކުރަމުންނެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓްދީފައި ވަނީ ޕްރައިމަރީއަކާ ނުލައެވެ.

މިއަދު ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީއެއް ބާއްވަން ފުރުސަތު އޮވެ، ޕްރައިމަރީއަކާ ނުލައި އަންނަ ކެނޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

"ޕްރައިމަރީއެއް ބޭއްވުމުގެ ފުރުސަތާއި ޖާގަ އޮވެ، ޕްރައިމަރީއަކާ ނުލައި (އެހެން ގޮތަކުން) ޓިކެޓެއް ހޯދައިގެން އަންނަ ކެނޑިޑޭޓަކަށް ގައިމު ވެސް އަޅުގަނޑެއް ވޯޓެއް ނުދޭނަން. ތާއީދެއް ވެސް ނުކުރާނަން." ވައްޑެ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެސް ވަނީ، ރައީސް ޞާލިޙްގެ ވާހަކަފުޅުތަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، މިއީ ވެރިކަމަށް ފައިގަދަ ކުރަންވީ ވަގުތު ނޫން ކަމަށާއި މިއީ އިޤްތިޞާދު ހަރުދަނާ ކުރަންވީ ވަގުތު ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް