Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަސް ހިފަން ފޭބި ފަހުން ގެއްލިގެން ހޯދި މީހާ ފެނުނުއިރު އޮތީ މަރުވެފައި: ފުލުހުން

މަސް ހިފަން ފޭބި ފަހުން ގެއްލިގެން ހޯދި މީހާ ފެނުނުއިރު އޮތީ މަރުވެފައި: ފުލުހުން

ލ. ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރިއަށް މަސް ހިފަން ފޭބި ފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުނުއިރު އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފި އެވެ.

ގަމު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސް ހިފަން ދިޔަ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އެ ރަށު ތުނޑިީ، ފެސްފަރީ، އަބްދުލްސަމަދު މުހައްމަަދު (ސަމަދު) އެވެ.

Advertisement
Ooredoo — Square (box)

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ހެނދުނު 9:50 ހާއިރު ކަމަށެވެ.

އެ މީހާ ގެއްލިފައިވާ މައްސަލައިގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، ހޯދުމަށް ކުރި މަސައްކަތުން އެ ސަރަހައްދު މޫދު އަޑީގައި އޮއްވާ އެ މީހާ ފެނިފައިވާ ކަމަށެވެ. އެ މީހާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މީހާ ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މަރުވެފައި ވަނީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރުގެ ބައްޕަ ކަމަށް "ދެން" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް