ކޮވިޑް-19: މާމެންދޫއިން އެއް އާއިލާއެއްގެ ހަތް މީހަކު ފައްސިވެއްޖެ

ގއ. މާމެންދޫއިން އެއް އާއިލާއެއްގެ ހަތް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެގެއިން ފަސް މީހަކު ކޮވިޑަށް ފައްސި ވެފައިވާކަން އެނގުނީ އިއްޔެ އެވެ. އަނެއް ދެ ކުދިން ފައްސިކަން އެނގުނީ މިއަދު އެވެ.
އެގެއިން ފައްސިވީ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އުމުރަކީ ހަތަރު އަހަރެވެ. އަނެއް ކުއްޖާއަކީ އެންމެ ދެ މަހުގެ ކުޑަ ކުއްޖެކެވެ.
މި އެންމެން ވެސް ފައްސިކަން އެނގިފައި ވަނީ، މާލެ އިން އެރަށަށް ގޮސް ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ޓެސްޓުގެ ނަތީޖާއިންނެވެ.
އެނގިފައިވާ ގޮތުގައި ފައްސިވީ މާމެންދޫއިން ފައްސިވީ އެއާއިލާގެ މީހުން މިހާރު ތިބީ އެއަތޮޅު ވިލިނގިލީ ކޮވިޑް ފެސިލިޓީގައެވެ. އަދި އެމީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިއަކާއި ދެ މަސް ނުފުރޭ ކުޑަކުއްޖެއް ހިމެނޭއިރު، އެއީ ހައި ރިސްކު ތިން ކޭސް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.