ޚަބަރު

ސީޕީ އަކަށް ނަވީން އައްޔަންކޮށްފި

. ، ދެން އޮންލައިން
ނަވީން އަށް މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒު އަރުވަނީ/ ފޮޓޯ: ޕޮލިސް

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.

Ads by MPL

ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ނަވީން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7  ވަނަ ދުވަހު އެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެ އެވެ.

އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގަ އެވެ.

Ads by Ooredoo