ޚަބަރު ރައްޔިތުންގެ މަޖިލިސް

ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް އަޒީމާ އައްޔަންކުރަން ރުހުން ދީފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރަކަށް އައްޔަންކުރެއްވުމަށް ރުހުން ދީފައިވާ އަޒީމާ / ފޮޓޯ:ރައީސް އޮފީސް

ރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމުގެ މަގާމަށް އާއިޝަތު އަޒީމާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

Ads by STELCO

އަޒީމާއަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

މިއަދުގެ މަޖިލިހުގެ ޖަލްސާގައި ރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމުގެ މަގާމަށް އަޒީމާ އައްޔަންކުރެއްވުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ ސަރުކާރުގައި ޗައިނާގެ ސަފީރުކަން ކުރައްވާފައިވާ އަޒީމާ މީގެކުރިން ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ފަސްޓް ސެކްރެޓަރީގެ މަގާމާއި މިނިސްޓާ ކައުންސެލާކަން އަދާކުރައްވާފަ އެވެ.

އަދި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމާއި ޑިރެކްޓަރު ކަމާ އަދި ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައިވެ އެވެ.

އޭގެ އިތުރުން ފިނޭންސް މިނިސްޓްރީގައި ވެސް އަޒީމާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.

Ads by Allied Insurance