އިންޑިއާގެ ބޯޓު ވެއްޓުމާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައިފި

އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާމަ ފާޅު ކުރައްވައިފި އެވެ.
އިންޑިއާގެ އަހުމަދު އާބާދުން ފުރައިގެން ދަތުުކުރަމުން ދަނިކޮށް މިއަދު ވެއްޓުނީ އެއާ އިންޑިއާގެ ފްލައިޓް 171 އެވެ.
އެ ފްލައިޓުން 240އަށް ވުރެ ގިނަ މީހުން ދަތުރުކުރި އިރު ގިނަ ބަޔަކު މަރުވެފައިވާ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ އެ ހިތާމަވެރި ހާދިސާއަ ގުޅިގެން ފުން ހިތާމައެއް އިހުސާސް ކުރެއްވި ކަމަށެވެ.
އަދި މި ހިތާމަވެރި އުނދަގޫ ދަނޑިވަޅު ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން އިންޑިއާގެ ރައްޔިތުންނާއި އިންޑިއާގެ ސަރުކާރާއެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ބޯޓު ވެއްޓުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.
