ޚަބަރު

ބްރޯޑްކޮމްގެ މެންބަރުކަމަށް ޒައްމަތު އައްޔަނުކޮށްފި

. ، ދެން އޮންލައިން
ޒަމްއަތު އަހްމަދު---

ރައީސް ޑރ މުހައްމަދު މުއިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ ޒަމްއަތު އަހްމަދު ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.

Ads by STELCO

ޒަމްއަތު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ޒަމްއަތު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން މާސްޓާސް އޮފް އާޓްސް އިން ޖާނަލިޒަމް ހާސިލުކުރައްވާފަ އެވެ.

މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ޒައްމަތު ހަރަކާތްތެރިވެވަޑައިގެންފައިވެ އެވެ.

Ads by Ooredoo