ޚަބަރު

މަޑިވަރު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެކްސިޑެންޓުގައި ގެއްލުން ލިބުނު ޑިންގީ: ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު ޑިންގީ ގެއްލިފައިވާ ކަމަށް

ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

Ads by MPL

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގާފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ 8:26 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުނަށް އަނިޔާވުމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެކްސިޑެންޓުގައި އަނިޔާވި ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު، އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓަށް ފަހު ޑިންގީ ގެއްލިފައިވާ ކަމުގަ އެވެ. ޑިންގީ ހޯދުމަށް ކުރި މަސައްކަތުން ފެނިފައި ނުވާ ކަމަށާއި ބެލެވެނީ އަޑިއަށް ގޮސްފައިވާ ކަމަށް ކަމުގައި ފާހަގަކުރި އެވެ.

ފުލުހުން ދަނީ އެކްސިޑެންޓުވި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo