ޚަބަރު

ލަންކާއާއެކު ޑިއުޓީ ފްރީ  ޒޯނެއް ގާއިމު ކުރާކަށް ނޫޅެން: ސައީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާ ސްރީލަންކާއާ ދެމެދު ޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރަން ދިވެހި ސަރުކާރުން މަސައްކަތްކުރާ ކަމަށް ދެކެވެމުންދާ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.

Ads by MPL

ލަންކާގޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ މޮޑެލްއަށް ފްރީ އިކޮނޮމިކް ޒޯންއެއް ގާއިމުކުރުމަ ގުޅޭ ގޮތުން ރާއްޖެއާ ލަންކާއާ ދެމެދު ދަނީ ވާހަކަތައް ދައްކަވަމުންނެވެ. އެ ވާހަކަތައް ކާމިޔާބުވެއްޖެނަމަ ލަންކާއާއި ރާއްޖޭހެގެ ރައްޔިތުންނަށް އެއް ގައުމު އަނެއް ގައުމުގައި ވިޔަފާރިތައް ގާއިމުކޮށް ވަޒީފާތައް އަދާކުރަން ވިސާއެއް ބޭނުމެއް ނުވާނެ އެވެ.

އެހެން ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއާއި ލަންކާއާއި ދެމެދު ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމު ކުރަން ދިވެހިސަރުކާރުން މަސައްކަތްކުރާ ވާހަކަ އަކީ ރަނގަޅުވާހަކައެއަ ނޫން ކަމަށެވެ.

"އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއްވެސް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.

ްެޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރާ ވާހަކަތަކެއް ދެކެވުނުއިރު ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ ފަހުކޮޅު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާ ގޮތަށް މިހާރު އޮތީ ހަމަޖެހިފަ އެވެ.

ލަންކާގައި މިހާރުވެސް ގިނަ ދިވެހީން ދިރިއުޅެމުންދާ އިރު ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާވެސް ކުރެއެވެ.

ލަންކާގައި ގިނަ އަދަދެއްގެ ދިވެހީން މަތީ ތައުލީމުވެސް ދަނީ ހާސިލުކުރަމުން ނެވެ.