ޚަބަރު

އައިޖީއެމްއެޗުގައި ފަރުވާ ދިން ތުއްތު ކުއްޖަކު މަރުވި މައްސަލަ ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

އައިޖީއެމްއެޗުގައި ފަރުވާ ދިން ތުއްތު ފިރިހެން ކުއްޖަކު މަރުވި މައްސަލަ ބަލަން ފަށައިފި އެވެ.

Ads by MPL

އުމުރުން އަށް މަހުގެ އެ ތުއްތު ކުއްޖާ އިއްޔެ މަރުވީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށެވެ. ނަމަވެސް ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުން ކުއްޖާ މަރުވީ އައިޖީއެމްއެޗުގެ އިހުމާލުން ނެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު "ދެން" އަށް ވިދާޅުވީ އެ މަރުގެ ކަންކަން ހިނގައިދިޔަ ގޮތް މިނިސްޓްރީން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ތުއްތު ކުއްޖާ އައިޖީއެޗްއަށް ދެއްކީ މި މަހުގެ 18 ވަނަ ދުވަހު ްެްއެވެ. ނަމަވެސް  ބޭސް ދިނުމުން ވެސް ރަނގަޅު ނުވާތީ ދެވަނަ ދުވަހު ކުއްޖާ އެޑްމިޓްކުރި އެވެ

އާއިލާއިން ބުނީ ކުއްޖާ މަރުވީ ލިވާ ފެއިލްވެގެން ކަމަށާއި ނަމަވެސް ލިވާ ފެއިލްވަމުންދާކަން އާއިލާއަށް އެންގީ ހަތް ދުވަސް ފަހުން ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ކުއްޖާ މަރުވިއިރު ބޭރަށް ގެންދަން އާސަންދަވެސް އޮޮތީ ހަމަޖެހިފަ އެވެ.

Ads by HDC