ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒު އަދި 10 ރަށެއްގައި މިސްކިތް އަޅާނެ ބަޔަކު ހޯދަނީ

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒު އަދި 10 ރަށެއްގައި މިސްކިތް އިމާރާތް އަޅާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއުލާންކުރި ގޮތުގައި އެ ބީލަމުގައި ބައިވެރިވެވޭނީ ހުށަހަޅާ ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެނެވެ. ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން އަންނަ ޖުލައި މަހު 15 ގެ ނިޔަލަށެވެ.
މި މަސައްކަތްތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ ޖުލައި މަހު 16 ވަނަ ދުވަހު މެންދުރު 2:00 ގެ ކުރިންނެވެ. މި ޕްްރޮޖެކްޓްތަކުގެ ބިޑް ހުޅުވުން އޮންނާނީ ޖުލައި މަހު 17 ވަނަ ދުވަހު ހެނދުނު 11:00 ގައެވެ.
އިސްލާމީ މަރުކަޒު އަޅާ ހަތަރު ރަށް:
- ހއ. އިހަވަންދޫ (ބިޑް ސެކިއުރިޓީ އަކީ 102،000ރ)
- ށ. ފުނަދޫ (ބިޑް ސެކިއުރިޓީ އަކީ 102،000ރ )
- ޅ. ނައިފަރު (ބިޑް ސެކިއުރިޓީ އަކީ 126،000ރ)
- ގއ. ވިލިނގިލި (ބިޑް ސެކިއުރިޓީ އަކީ 102،000ރ)
މިސްކިތް އަޅަން އިއުލާނުގައި ހިމެނޭ ރަށްތައް:
- ރ. މީދޫ (ބިޑް ސެކިއުރިޓީ އަކީ 59،000ރ)
- ކ. ގުޅި (ބިޑް ސެކިއުރިޓީ އަކީ 59،000ރ)
- އއ. މަތިވެރި (ބިޑް ސެކިއުރިޓީ އަކީ 102،000ރ)
- އދ. ފެންފުށި (ބިޑް ސެކިއުރިޓީ އަކީ 40،000ރ)
- ފ. ފީއަލި (ބިޑް ސެކިއުރިޓީ އަކީ 58،000ރ)
- ދ. ރިނބިދޫ (ބިޑް ސެކިއުރިޓީ އަކީ 65،000ރ)
- ގދ. ނަޑެއްލާ (ބިޑް ސެކިއުރިޓީ އަކީ 40،000ރ)
- ގދ. މަޑަވެލި (ބިޑް ސެކިއުރިޓީ އަކީ 61،000ރ)
- ގދ. ހޯނޑެއްދޫ (ބިޑް ސެކިއުރިޓީ އަކީ 58،000ރ)
- ގދ. ފަރެސްމާތޮޑާ (ބިޑް ސެކިއުރިޓީ އަކީ 61،000ރ)
