ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ދިޔަވެ ކުއްލިއަކަށް އަރިއަޅާލައިގެން

މިދިޔަ ބުދަ ދުވަހު ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާ ހިނގީ އެ ލޭންޑިން ކްރާފްޓް ދިޔަވެ އަރި އަޅާލައިގެން ކަމަށް އެމްއެންއެންޑީއެފްއިން ބުނެފި އެވެ.
ސިވެކް ކުންފުނީގެ އެ ލޭންޑިން ކްރާފްޓް ފެތުނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި އެއް މޭލު ދުރުން 550 މީޓަރު އަޑިއަށެވެ.
އެމްއެންޑީއެފްއިން ބުނީ އުޅަނދު ބަންޑުން ޖަހާލީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި ފަސް ވަަރަކަށް މޭލަށް ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް ކެޕްޓަންް ބުނި ކަމަށެވެ. އަދި އެކަން ހިނގި ގޮތް އެމްއެންޑީއެފްގެ ބޯޑުން އިތުރަށް ބަލަމުންދާކަމަށް ވެސް އެ އިދާރާއިން ބުންޏެެވެ.
އެ ހާދިސާގައި ދެ ފިރިހެނަކު ގެއްލުނުއިރު ފަހުން އެކަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.
މަރުވި އެމްއެންޑީއެފްގެ ވޮރެންޓް އޮފިސަރު 2, އަލީ ހާމިދު ނެގީ ލޭންޑިން ކްރާފްޓުގެ ވީލް ހައުސް ތެރެއިން ކަމަށާއި އަދި ގެއްލުނު ބިދޭސީ ފަޅުވެރިޔާ ވީ ލޭންޑިން ކްރާފްޓުގެ އިންޖީނު ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ އުޅަނދު ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.