ޚަބަރު

ގުޅީފަޅުން ބަދަލުކުރި ގޯތިތަކުގެ ރަޖިސްޓަރީ ދޫކުރުން އެޕޮއިންޓްމަންޓެއް ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގުޅީފަޅު ބިން ހިއްކުން - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ުގުޅީފަޅުން ބަދަލުކުރި ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފ

Ads by MPL

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީ ފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން ބަދަލުކުރި ގޯތިތަކުގެ ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ނިންމައިފި އެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާގުޅިގެން، ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން  ބަދަލުކޮށް ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު އޮތީ އަލުން ގުރުއަތު ނަގައިފަ އެވެ.

އެެހެންވެ ކުރިން ގޯތި ދިން ސަރަހައްދުން ދޫކުރި ގޯތިތަކަށް ދޫކުރި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ވަނީ ބާތިލުކޮށް އަދި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" ވެސް އުވާލައިފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އާ ހަވާލުވުމަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.

އަދި އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރަމުންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

 

Ads by HDC