ލައިފްސްޓައިލް

މިހާރު ކޮންމެ ކަމެއްވެސް ކުރަން ޖެހެނީ ވަރަށް "ބަލައިގެން"

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީސްމީޑިއާ އަކީ އެނބުރޭ ވަހުތާނެކޭ ވެސް ނުބުނެވޭކަށް ނެތެވެ. މީގައި ދެފަހަރަކު އެއް ވާހަަކައެއް ދައްކަނީއެއް ވެސް ނޫނެވެ. އެއް ބަހުސެއް ކުރަނީ އެއް ނޫނެވެ. އެއްކަމަކާމެދު އަޑު އުފުލަނީއެއް ނޫނެވެ. ހަމަ ކޮންމެ ކަމަަކަށް ވެސް ދުވަސްކޮޅެއް ވާއިރަށް އެކަމުގެ މަތިން ފޫހިވެ އައުކަމެއް މި އޮންނަނީ ވުޖޫދުވެފައެވެ. ފަހަރުގައި އިންސާނީ ތަބީއަތަކީ އެއީ ކަމުގައި ވެސް ވެދާނެ ދޯއެވެ.މާގިނަ ދުވަހު އެއްވާހަކައެއް ދައްކަންވީމާ ފޫހިވަނީ ތޯއްޗެކެވެ.

Ads by Hajj Corporation

އަނެއްކާވެސް މީސްމީޑިއާގައި މިވަނީ އައު ވާހަކަތަކެއް ދައްކަން ފަށާފައެވެ. މަޖަލަކަށް ހަދައިގެން ދިވެހީން މިސްމީޑިއާގައި ދައްކަން މިި ފެށި ވާހަކަތަކުން މިއަދު "ފޭސްބުކް" އޮތީ ފުރި ބަރާވެފައެވެ. އެއޮތީ ވާ ކަމެކެެވެ. މިހާރު އެސްފިޔަ ޖަހަން ޖެހެނީ ވެސް ހިނގަން ޖެހެނީ ވެސް ބަލައިގެން ވިއްޔާއެވެ. ފެންބޯން ޖެހެނީ ވެސް ހަރަދު ކުރަން ޖެހެނީ ވެސް ބަލައިގެންނެވެ.

އެވެސް ދެން ދޮގެއް ނޫންތާއެވެ. ބަލައިގެން އެސްފިޔަ ނުޖަހައިފިނަމަ ލޯ ވެެއްޓި ދާނެޔޯލައެވެ. ބަލައިގެން ނުހިނގައިފިނަމަ ފައި އޮޅިގެން ވެއްޓިދާނެ ޔޯލައެވެ. ބަލައިގެން ފެން ނުބޯނަމަ ކޮށި އަރާފާނެ ޔޯލައެވެ. ބަލައިގެން ހަރަދު ނުކޮށްފިނަމަ ފަގީރު ވެދާނެ ޔޯލައެވެ. މިއަދު ކޮންމެ ކަމެެއް ވެސްް ކުރަން މިޖެހެނީ ބަލައިގެންނެވެ. ލޯބިވެރިޔާއަށް އޮޅުވާލާއިރު ވެސް ބަލައިގެން އޮޅުވާލުމަށް މީސްމީޑިއާގައި މީހަކު ލިޔެފައިވާތަން ވެސް ފެނުނެެވެ.

"ބޭބީ ބަލައިގެން" ކުރިއަށް ލައިގެން މިއަދު ކޮންމެ ފަދަ އެއްޗެކޭ ވެސް ކިޔަނީ ވިއްޔާއެވެ. އެއީ ލޯބިވެރިން ނަގައިގެން އުޅޭ މިއަދުގެ "ޒުވާނުން"ގެ ހާލަތޯ ޔޯލައެވެ. ލޯބިވެރިޔާއަށް މާބޮޑަށް "ބަލައިގެން" ކަންތައްތައް ކުރަން އިރުޝާދު ދެނީ ޔޯލައެވެ. މި ވާނުވާއެއް ހަމަ އެއްގޮތަކަށްވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. އެނގޭހާވެސް އެއްޗަކީ މިއަދު ހުރިހާ ކަމެއްވެސް ކުރަން މިޖެހެނީ ވަރަށް ބަލައިގެން ކަމެވެ. ނޫންނަމަ ނަތީޖާ ޒަހަރަށް ވުރެ ހިތި ވެދާނެކަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!