ރައީސްގެ ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިންތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ސްކޮލަޝިޕް ލިބޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
އެކަަމަށް އެދި ހުށަހަޅާއިރު ޕާސްޕޯޓާއި އައިޑީކާޑު ކޮޕީއާއި ޔުނިވާސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް ލިބިފައިވާނަމަ އެކަމާ ގުޅޭ ލިޔުމާއި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމްކިއުއޭ) ރެކޮގްނައިސްކުރާކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި ފުރިހަމަކުރަން އެދޭ ޕްރޮގްރާމަކީ އެ ޕްރޮގްރާމްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސް/ ހުއްދަ ދޭން ހަމަޖެހިފައިވާ ދާއިރާއެއްގެ ޕްރޮގްރާމެއްނަމަ އެ ލައިސަންސް ނުވަތަ ހުއްދަ ދޭ ފަރާތުގެ ލިޔުމެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މިިނިސްޓްރީން ބުންޏެވެ.