ޚަބަރު

55 ކައުންސިލް އިމާރާތް އަޅަން ހެކްސްޓާއާއެކުވި އެއްބަސްވުން ބާތިލުކޮށްފި

. ، ދެން އޮންލައިން
55 ކައުންސިލް އިމާރާތް އަޅަން ހަވާލުކުރުމުގެ ތެރެއިން/ ފޮޓޯ: ކައުންސިލު މިނިސްޓްރީ

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ބާތިލުކޮށްފި އެވެ.

Ads by MPL

ހަލާތު ދަށްކޮށް ހުރި 55 ކައުންސިލް އިމާރާތް އެޅުމަށް މެލެޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ އެއްބަސްވުން ބާތިލުކޮށްފައިވަނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.

މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ

މުޅި މަޝްރޫއަށް 36 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް މިިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

Ads by Allied Insurance