7th July 2025, Monday

ޚަބަރު

ގައުމެއްގެ ތަރައްގީއަށް ސިއްހަތު ވަރަށް މުހިންމު: ސާޖިދާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު-- ފޮޓޯ/ ރައީސް އޮފީސް

ގައުމެއްގެ ތަރައްގީއަށް ސިއްހަތު ވަރަށް މުހިންމުކަމަށް ރާއްޖޭގެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެކަމަނާ އެފަދައިން ވިދާޅުވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަ ފުޅުގަ އެވެ.

ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ ގައުމެއް ތަރައްގީ ކުރުމުގައި އެ ގައުމެއްގެ ސިއްހަތު ކިތަންމެހައިވެސް މުހިންމުކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ސިއްހަތު ވެސް ހިމެނޭ ކަމަށެވެ.

ސާޖިދާގެ ވާހަކަފުޅުގައި ވަނީ  ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ސިއްހީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ވެސް ފާހަގަކުރައްވައިފަ އެވެ. ވަކީން ހާއްސަކޮށް ފަންނިއްޔާތާއެކު ސިއްހީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ރައީސް ޑރ، މުހައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫއަކީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންގިލާބީ ބަދަލެއްކަމުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

ސާޖިދާ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެއަށްފަހު އެކަމަނާ ވަނީ  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލުގެ ހާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުވެސް ކުރައްވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ ހިދުމަތްތަކެއްވެސް ވަނީ އިފްތިތާހުކުރައްވާފަ އެވެ. އެގޮތުން، ޓެލެމެޑެސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް އިފްތިތާހުކޮށްދެއްވީ ހުދު ސާޖިދާ އެވެ.

Ads by Ooredoo