ޚަބަރު

. ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ހުސްވި ޖޫން މަހު، ވަގަށް ގެންގޮސްފައި ހުރި 4.1 މިލިއަން ރުފިޔާގެ މުދާ ރިކަވާކުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް މިދިޔަ މަހު 103748 ގަޑިއިރު މާލެ ސަރަހައްދު ޕެޓްރޯލް ކޮށްފައިވެ އެވެ. އަދި 45380 ފަހަރު ލޮކޭޝަން ޗެކްކޮށްފައިވެ އެވެ.

މާލެ ސަރަހައްދު ޕެޓްރޯލް ކުރުމުގެ ތެރެއިން 5015 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ. ހުއްޓުވި މީހުންގެ ތެެރެއިން 4833 މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ފުލުހުން ވަނީ ސައިކަލާ، މޯބައިލް ފޯނު ހިމެނޭހެން 4.1 މިލިއަން ރުފިޔާގެ ތަކެތި ރިކަވާ ކޮށްފަ އެވެ.

އެއީ:

  • 69 ސައިކަލު (3،303،429ރ)
  • 29 މޮބައިލް ފޯނު ހޯދި (202،375ރ)
  • 8 އިލެކްޓްރޯނިކްސް (80،400ރ)
  • އެހެނިހެން 61 ތަކެތި (110،263ރ)

ފުލުހުން ބުނީ މިދިޔަ މަހު 13 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރެވުނު ކަމަށެވެ.

Ads by Allied Insurance