ޚަބަރު

ސިއްހީ ހިދުމަތަކީ ތަފާތު ތަޖުރިބާތަކާއި އިހުސާސްތަކާ ގުޅިފައިވާ ހިދުމަތެއް: ސާޖިދާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފަސްޓު ލޭޑީ ސާޖިދާ---

ސިއްހީ ހިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ހިދުމަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

އެ ކަމަނާ އެފަދައިން ވިދާޅުވީ ސ. ފޭދޫ ސިއްހގީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް  ސ. މަރަދޫފޭދޫ، ތްރީއެސް ލައުންޖުގައި މިއަދު ހަވީރު ކުރިއަށްދިޔަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ހިދުމަތް ދޭންފެށި ގޮތާއި މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވާފަ އެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި ސިއްހީ ހިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ސިއްހީ ހިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ހިދުމަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފޭދޫ ސިއްހީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް މިއަދުގެ ޖަލްސާގައި ކުރިޔަށްދިޔައެވެ.

އެގޮތުން ސާޖިދާ ވަނީ ފޭދޫ ސިއްހީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ވެސް ހަވާލުކޮށްދެއްވާފަ އެވެ.

Ads by Allied Insurance