މެލޭޝިޔާގައި ކިޔާވަ ދަރިވަރުންނަށް އިތުރު ފައިސާއަށް އެދުމުގެ ފުރުސަތު

މެލޭޝިޔާގެ ސަރުކާރުން ގެނައި ބަދަލަކާ ގުޅިގެން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މެލޭޝިޔާގައި މަތީ ތައުލީމު ހާސީލުކުރަމުންދާ ދިވެހި ދަރިވަރުންނަށް އިތުރު ފައިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މެލޭޝިޔާގައި މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރަމުންދާ އިންޓަނޭޝަނަލް ދަރިވަރުންގެ އަތުން %6ގެ ޓެކްސް ފައިސާ ނެގުމަށް މެލޭޝިޔާގެ ސަރުކާރުން ވަނީ ނިންމަވައިފަ އެވެ.
މިނިސްޓްރީގެ ސްކޮލާޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީ/އިންސްޓިޓިއުޓްގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި، އެ ޓެކްސް ހިމެނުމުން އެ ފައިސާ ދައްކަމުންދާގޮތަށް އެ ފައިސާގެ އަދަދު ހިމަނައިގެން ފައިސާ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ބަދަލާއި ގުޅިގެން މި މިނިސްޓްރީން ދޫކުރާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސް ފީ ގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުގެ އެދުމުގެ މަތީން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މި ލިންކުން (https://forms.gle/LHwgjTf2V5ZBRAuv5) ހުޅުވޭ ފޯމު ފުރުމަށްފަހު ހުށަހެޅުމުން އެފައިސާ ލޯނެއްގެ ގޮތުފައި ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
