ޚަބަރު

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މިރޭ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޒެބްރާ ކްރޮސްއަކުން ދިޔަ މީހަކާއި އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ އައިޖީއެމްއެޗްއަށް ގެންދިޔައިރު އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ޒުވާނާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އަނިޔާވި އަނެއް ދެ މީހުންގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.