ހުޅުލޭގެ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކުރަނީ

ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ވަގުތީ ގޮތުން ޕާކު ކުރުން މަނާކުރަން ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން މިއަދު އެކްސްގައި ބުނީ މިއީ ވީއައިއޭގެ އާ ޓާމިނަލް މި މަހުގެ 26ވަނަ ދުވަހު ހުޅުވާތީ ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން އަންނަ ބުރާސްފަތިން ފެށިގެން ހުޅުލޭގެ އިރުމަތީ ފަރާތު ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދެއް ޕާކު ނުކުރެވޭނެ ކަމަށާއި އަދި އަންނަ ބުރާސްފަތިން ފެށިގެން ހުޅަނގު ފަރާތު ޕާކިން ޒޯނުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރެވޭނެ ކަމަށެވެ.
އެހެންވެ ޕާކިން ޒޯނުތަކުން އުޅަނދުތައް ނެގުމަށާއި އަދި ބުރާސްފަތީގެ ފަހުން ފުލުހުންނާ ގުޅިގެން އުޅަނދުތައް ނަގާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.
އަދި ޕާކިން ޒޯނުތަކުގެ ޕާކު ކުރެވޭނެ ތާރީހެއް އަލުން އާންމުކުރާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.
