ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޗްއާރުސީއެމްގެ މެމްބަރުން ބައްދަލުވުމެއްގައި / ފޮޓޯ:އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އަލުން ހުޅުވާލައިފި އެވެ.

Ads by MPL

އެޗްއާރުސީއެމްގެ ދެ މެމްބަރެެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު އެވެ. ނަމަވެސް  އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނުވަ ވަނަ ދުވަހު ހަމަވި އިރު އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލާފައިނުވާ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30އާ ހަމައަށް އަނެއްކާވެސް ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަގާމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

Ads by HDC