ދިރާސީ އާ އަހަރަށް މާލޭގެ ސްކޫލުތަކަށް ވެއްދުމަށް ފުރުސަތު ހުޅުވާލައިފި

ދިރާސީ އާ އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ 2026 ގައި ފަށާ ދިރާސީ އާ އަހަރު މާލޭ ސަރަގައްދުގެ ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އެލްކޭޖީއަށް ވައްދެމުގެ ފުރުސަތު ދޭނީ އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް 4އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ. އަދި ޑިސެމްބަރު މަހުގެ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިންނަށް ޔޫކޭޖީއަށް ވެއްދުމުގެ ފުރުސަތު ދޭނެ އެވެ. އަދި ޑިސެމްބަރު މަހުގެ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް އެކަކަށް ވެއްދުމުގެ ފުރުސަތު ދޭނެ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ދިރާސީ އަހަރު ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރި ނަމަވެސް މި ސަރުކާރުން ވަނީ އަލުން ކުރިއެކޭ އެއް ގޮތަށް އަހަރު ފެށީ އިރު ދިރާސީ އާ އަހަރު ފަށާ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފަ އެވެ.
އެގޮތުން ދިރާސީ އާ އަހަރު އަންނަ އަހަރު ފަށާނީ ޖެނުއަރީ މަހު އެވެ.
