ޚަބަރު

މިނިވަން ދުވަހުގެ ހަފްލާގެ ޝަރަފްވެރި މެެހެމާނަކަށް މޯދީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ ކޮޕް ސަމިޓްގައި - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް ބާއްވާ ހާއްސަ ހަފްލާގެ ޝަރަފްވެރި މެެހެމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

Ads by MPL

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މޯދީގެ ދަތުރުފުޅުގައި ދެ ގައުމަށް މުހިންމު ދާއިރާތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު މަޝްވަރާ ކުރައްވާނެ އެވެ.

ހާއްސަކޮށް ރައީސް މުއިއްޒު އިންޑިއާއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެވަޑައިގެންނެވި "،ކޮމްޕްރިހެންސިވް އެންޑް އިކޮނޮމިކް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ތަންފީޒުކުރުމާ ގުޅޭ ގޮތުން ވާހަކަތައް ބާއްވާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

އޭގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޜ ގޮތުން ވެސް މަޝްވަރާތައް ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

މޯދީގެ ދަތުރުފުޅުން "އިންޑިއާ ފަސްޓް" ޕޮލިސީއަށް އަދިވެސް ރާއްޖެއިން އިސްކަން ދޭ ކަންވެސް ހާމަވާ ކަމަށް އިންދިއާގެ ނޫސްތަކުން ބުންޏެވެ.

މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މިހާރު ގުޅުންވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރަނީ ވަރަށް ކުލަގަދަކޮށެވެ.

ރާއްޖޭގައި ފަހުން ހިންގި ބައެއް ބޮޑެތި އުމްރާނީ މަޝްރޫއުތައް ވެސް އެ ދުވަހަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހުޅުވުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.