ޚަބަރު

ނައިބު ރައީސް އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

. ، ދެން އޮންލައިން
ނައިބު ރައީސް އިންޑިއާ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އަރިހަށް، އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

Ads by STELCO

މިއަދު، ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ނައިބް ރައީސްއާ އިންޑިއާގެ ސަފީރު ވަނީ، ދެ ގައުމުގެ ޒަމާންވީ ގުޅުމާއި އެއް ޤައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ މައްޗަށް މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން، ދެ ބޭފުޅުންގެ މަޝްވަރާގައި ވަނީ، ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތަކާއި ގިޔަމުތަކުގެ މަތީ ދެ ގައުމުން ބިނާކޮށްފައިވާ ބަދަހި ގުޅުމުގެ މައްޗަށާއި، ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެއީ ދެ ގައުމުގެ ގުޅުމުގެ ބިންގާކަމުގައި ވިދާޅުވެފަ އެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، އިހުތިރާމާއެކު، ދެފަރާތަށް ގަބޫލުކުރެވޭ ހަމަތަކުގެ މަތީގައި މާނަވީ ގޮތެއްގައި މުއާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވެފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި މި ވަނީ، މި ހިނގާ ޖުލައި މަހުގެ 25 އިން 26 އަށް، އިންޑިއާގެ ބޮޑުވަޒީރު  ނަރެންދުރަ މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

Ads by Allied Insurance