ހޭވައްލާއިން އަހަނީ ކީއްވެ ހޭ؟ ސަޕްރައިޒް މިމަހު 25 ގައި

ހޭވައްލާ ބޮޑުބެރު ގްރޫޕުން މިމަހު 25 ވާ ހުކުރު ދުވަހު ސަޕްރައިޒެއް ދޭން ތައްޔާރުވެއްޖެ އެވެ.
އެ ގްރޫޕުގެ ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން ދަނީ "ކީއްވެ ހޭ؟" ނަމުގައި ޕްރޮމޯޝަނަލް ޕޯސްޓުތަކެއް ދައުރު ކުރަމުންނެވެ. މޫނު ހާމަ ނުކުރާ އަންހެން ކުއްޖަކާއިއެކު އެގްރޫޕުގެ ބައެއް ލަވަކިޔުންތެރިން ވަނީ ފޮޓޯތަކެއް ޕޯސްޓުކޮށްފަ އެވެ.
ކްރިއޭޓިވް ނެޓްވޯކް އަދި ލައިޓްސްއައުޓް ޕްރޮޑަކްޝަންގެ ކުޑައިގެން ދަށުން ގެނަސްދޭ މި އުފެއްދުމުގެ މާ ގިނަ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންނަމަވެސް އުފެއްދުން އާންމު ކުރާނީ ހޭވައްލާގެ ޔޫޓިއުބް ޗެނަލްގައި ކަން ވަނީ ހާމަކޮށްފަ އެވެ.

މިމަހު 25 ގައި ރިލީޒްކުރަން ތައްޔާރުވެފައިވާ އުފެއްދުމުގެ ޕްރޮމޯޝަނަލް ޕޯސްޓުތަކެއް
މި އަހަރު ހުޅުމާލޭ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޭއްވި ބޮޑުބެރު ޗެލެންޖުގެ ފަސްޓް ރަނަރަޕްކަން ހޯދި ހޭވައްލާ ބޮޑުބެރު ގްރޫޕުން މިފަދަ އުފެއްދުމެއް ގެނަސްދޭން ތައްޔާރުވެފައި މިވަނީ ދުވަސްތަކަކަށްފަހު އެވެ.
އަންނަ ހޮނިހިރު ދުވަހު މާލޭގައި ފާހަގަކުރަން ތައްޔާރުވެފައިވާ މިނިވަން ދުވަހުގެ ކުޅިވަރުތައްވެސް ގެނަސްދޭނީ ހޭވައްލާ ބޮޑުބެރު ގްރޫޕުންނެވެ.
