މަރުހަބާ ކިޔާން ރައީސް އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން: މޯދީ

އެމަނިކުފާނަށް މަރުހަބާ ކިޔަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވީތީވެ އުފާކުރައްވާ ކަމަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މަތިންދާބޯޓުން ފައިބައިވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް މުހައްމަދު މުއިއްޒުގެ އިތުރުންް ކެބިނެޓްގެ ބައެއް މިނިސްޓަރުންނެވެ.
އެއަށް ފަހު އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން ސްކޫލުގެ ދަރިވަރުންތަކެއް ވަނީ ސަގާފީ ހުށަހަޅާފަ އެވެ.
ދިވެހި ބަހުން "އެކްސް" ގައި ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވީ ރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން ޔަގީންކުރައްވާ ކަމަށެވެ.
"މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން" މޯދީ ވިދާޅުވި އެވެ.
ރަސްމީކޮށް މޯދީއަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު މެންުދުރ ޖުމްހޫރީ މައިދާނުގަ އެވެ.
މޯދީގެ ދަތުރުފުޅުގައި ޖޮއިންޓް ޕްރޮޖެކްޓްތަކެއް އިފްތިތާހުކޮށް، އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، ރައީސް މުއިއްޒުއާ ދެބޭފުޅުން ދެމެދު މަޝްވަރާތައް ބާއްވާނެ އެވެ.
އަދި އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ އެވެ.
