އިންޑިއާއިން ސިފައިންނަށް 72 އުޅަނދު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖޭގެ ސިފައިންނަށް 72 އުޅަނދު ހަދިޔާކޮށްފި އެވެ.
އެ ތަކެތި ހަދިޔާކޮށްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ތަކެތި ބޮޑު ވަޒީރު މޯދީ ހަވާލުކުރެއްވިއިރު ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އިންޑިއާއިން ހަދިޔާކުރި އުޅަނދުތައް:
- 27 ސީޓުގެ ބަސް
- 10 ޕިކަޕް
- 10 މިނީ ވޭން
- 10 ވޭން
- 5 ލޮރީ
- 8 ޓްރެކްޓާ
- 4 ޓިޕާ ޑަމްޕް ޓްރަކް
- 4 ބެކްހޯ ލޯޑާ
- 2 ކެރޭނު
- 6 މިނީ އެކްސްކަވޭޓާ
- 5 އެކްސްކަވޭޓާ
އިންޑިއާއިން ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ސިފައިންނަށް ވެހިކަލްތައް ހަދިޔާކޮށްފަ އެވެ.