ޚަބަރު

ރައީސްގެ ޅިޔަނު ދެއްކި ވާހަކައަކުން ގުޅުމަށް އަސަރެއް ނުކުރާނެ: އިންޑިއާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޯދީ މުއިއްޒުއާއެކު
  • ސަލަފު ޖަަމިއްޔާގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޅިޔަނު އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (ބިން ޖަނާބު) އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކާއެކު ވެސް ދެންވެސް ރާއްޖެއާއެކު އޮންނަ ގުޅުން ފެންނާނީ އުޖާލާކޮށް ކަމަށް އިންޑިއާއިން ބުނެފި އެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ރައީސް މުއިއްޒުގެ ސަރުކާރުގެ ތިން  ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވުމަށް ފަހު އަލުން ގުޅުން ބަދަހިވެފައި ވަނިކޮށް މޯދީ ރާއްޖެ ވަޑައިގަންނަވަން މި ސަރުކާރުން ދައުވަތު ދިނުމުން ބިން ޖަނާބު ވަނީ މޯދީއަށް ވަރަށް ބޮޑަށް ފާޑުވިފާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

Ads by STELCO

މޯދީއަކީ މުސްލިމުންގެ އަދާވާތްތެރިއެއް ކަމަށާއި އަދި ޓެރަރިސްޓެއް ކަމަށް އެ ޕޯސްޓުގައި ވިދާޅުވި ނަމަވެސް ބިން ޖިނާބު ފަހުން ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލައިފަ އެވެ.

ބިން ޖަނާބުގެ ޕޯސްޓާ ގުޅޭގޮތުން އިންޑިއާގެ ފޮރިން ސެކެޓްރޫ ވިކްރަމް މިސްރީ ވިދާޅުވީ އެފަދަ ވާހަކަތަކެއް ކުރިންވެސް ބަޔަކު ދެއްކި ނަމަވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން ދެެމެހެއްޓިގެން ގޮސްފައިވާކަން މާޒީން އެނގިގެންގޮސްފައިވާ ކަމަށެވެ.

"ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ކުރެއްވިތާ 10 ވަރަކަށް މަސް ފާއިތުވި ފަހުން ކަން ހިނގާފައިވާ ކަންކަމަށް ބަލާލާއިރު ދެ ގައުމުގެ ގުޅުން މުސްތަގުބަލުގައި އުޖާލާކޮށް ފެންނާނެ ކަމާ މެދު ޝައްކެތް ނެތް" ވިކްރަމް ވިދާޅުވި އެވެ.

މޯދީ މިއަދު ރާއްޖެ ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ރާއްޖެއިން ކިއިރު ގުޅުން ބަދަހި ކުރަން އަށް އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

 

Ads by Ooredoo