ޚަބަރު

ރާއްޖެއާއި އިންޑިއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިންޑިއާއާއެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރިޔާސަތުގައި، ދެ ގައުމުން، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ، މޯދީ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ރައީސް އޮފީހުގައެވެ.

އެ މަޝްވަރާތަކުގައި ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެ ދީލަތި އެހީއަށް ޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

އޭގެ އިތުރުން، އިގުތިސާދީ ތަރައްގީ ދިފާއީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއް ގައުމު އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް ދެ ގައުމުން މަޝްވަރާކުރި އެވެ.

ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ނިންމާލާފައިވަނީ، ގާބިލުކަން އިތުރުކޮށް، ސިއްހީ ދާއިރާ އާއި، ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން، ދެ ގައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު، އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

Ads by HDC