އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ގައުމެއް ނޯއްނާނެ: ރައީސް

އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމެއްގެ ގޮތުގައި ގައުމެއް ދެމި އޮންނާނީ ހުރިހާ އެންމެން އެއް މިސްރާބެއްގައި ގައުމީ ލޯބީގައި ކުރިއަށްދާ ހިނދު ކަމަށެވެ. އަދި މިއަދު ކަނޑައަޅަންވި އަޒުމަކީވެސް އެއީ ކަމަށެވެ.
އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ގައުމެއް ނޯއްނާނެ
ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ މީހަކުވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ގައުމީ ލޯބި އިސްކުރެވޭނީވެސް ފަރުދީގޮތުން ތިމަންނަ މަސައްކަތްކޮށްފިއްޔާ އެކަނިކަން ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދެވޭނީ ގަބޫލުކުރީމަ" އެމަނިކުފާނު ވިދާޅުވީ ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިން ކަމުގައިވިޔަސް ފަރުދީ ޒިންމާ ހުރިހާ ރައްޔިތުންވެސް އަދާކުރަން ޖެހޭ ކަމަށެވެ.
މި ސަރުކާރުގެ މިވީ ދުވަސްތަކުގައިވެސް މަސައްކަތް ކުރަމުން އައީ އެގޮތަށް ކަމަށާއި އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ދިވެހިން އިސްކުރުން ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރުކުރެއްވި އެވެ.
"ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެ އެކަމަކު ކަންކުރާނީ ދިވެހިން" އެމަނިކުފާނު ވިދާޅުވި އެވެ.
ތަފްސީލު ކޮށްދެއްވަމުން ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ އިމުގެ ތެރޭގައި ކުރަން ޖެހޭ ކަންކަން ދިވެހިންގެ ލައްވާ ކުރުވުން ކަމަށާއި ކުރުން، ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެހެން ހުރިހާ ގައުމުތަކާވެސް ރަހުމަތްތެރި ގާތް ގުޅުން ބޭއްވުން ކަމަށެވެ.
