މުނިފޫހިފިލުވުން ދިވެހި ސިނަމާ

ލޯބީގެ އަސަރުގަދަ ލަވަތަކަކާއެކު ހޭވައްލާގެ ހުށަހެޅުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހޭވައްލާގެ ކީއްވެހޭ މެޝަޕް މިހާރު ޔޫޓިއުބުގައި ދަނީ ސްޓްރީމް ކުރަމުން

ނުވަދިހައިގެ އަހަރުތަކުގައި ރާއްޖޭގައި މަގްބޫލުވި ލޯބީގެ އަސަރުގަދަ ލަވަތަކަކާއިއެކު ހޭވައްލާ ބޮޑުބެރު ގްރޫޕުން މެޝަޕެއް ދޫކޮށްލައިފި އެވެ.

Ads by MPL

މިމަހުގެ 25 ވަނަ ދުވަހު ޔޫޓިއުބުގައި އާންމުކުރި މި ވީޑިއޯގައި ފަސް ލަވަކިޔުންތެރިންގެ ފަސް ލަވައެއް ވަނީ ހިމަނައިފަ އެވެ. ލަވަތައް ކިޔާދީފައިވަނީ ނާއި، ޝާއިން، ޝާދިން، ޝާމްގެ އިތުރުން ޔާމްބެ އެވެ.

މިއީ ހޭވައްލާ ގްރޫޕުން މިފަދަ އުފެއްދުމެއް ނެރުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައުމީ ލަވަތަކެއްގެ މެޝަޕެއް އެގްރޫޕުން ދޫކޮށްލާފައި ވެއެވެ. މިފަހަރު ނެރުނު މެޝަޕްގައި ބަތަލާ އައިޝާ އަލީގެ ހާއްސަ ފެނިލުންތަކެއް ވަނީ ހިމަނައިފަ އެވެ.

ހޭވައްލާގެ މި ވީޑިއޯ ގެނަސްދީފައިވަނީ ކްރިއޭޓިވް ނެޓްވޯކް އަދި ލައިޓްއައުޓު ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުންނެވެ. މިލަވައިގެ ވީޑިއޯއަށް ލޯލާގެ މާތަކެއް ވަނީ ހަދިޔާ ކޮށްފަ އެވެ.

ހޭވައްލާއިން ދަނީ މިފަދަ އެހެން އުފެއްދުންތައްވެސް ކުރިއަށް އޮތްތަނުގައި އާންމުންނަށް ދޫކޮށްލަން ތައްޔާރުވަމުންނެވެ.