ޚަބަރު

އާ ޓާމިނަލްއިން 2500އެއްހާ މީހުންނަށް ހިދުމަތް ދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވީއައިއޭގެ އާ ޓާމިނަލް--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވިފަހުން އެ ޓާމިނަލްއިން  މިހާތަނަށް 2500އެއްހާ މީހުންނަށް ހިދުމަތް ދީފި އެވެ.

ކުލަގަދަ ހަފްލާއަކާއެކު އާ ޓާމިނަލް ހުޅުވީ މިދިޔަ ހޮނިހިރު ދުވަހުގެރެ އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް ކުންފުނިން ބުނީ އާ ޓާމިނަލްއިން ރާއްޖޭގެ 14 ފްލައިޓަކުން މިހާތަނަށް 2410 މީހުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 1454 އެރައިވަލް ފަސެންޖަރުންނާއި 956 ޑިޕާޗާ ފަސިންޖަރުން ހިމެނެ އެވެ.

އާ ޓާމިނަލާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު  އެމްއޭސީއެލުން ބުނެފައިވެ އެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ. މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އާ ޓާމިނަލުގެ މަސައްކަތް މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ. ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީ ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

ރައީސް މުއިއްޒު ވެރިކަމުގައިވެސް އެސްއެފްޑީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް މިމަޝްރޫއަށް ނެގި  އެވެ. މީގެއިތުރުން ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ  ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

Ads by Ooredoo