ޚަބަރު

މަސް އެކްސްޕޯޓް: ފުރަތަމަ ހަމަހު އާމްދަނީ %43 އިތުރުވެއްޖެ!

. ، ދެން އޮންލައިން
މަސްވެރިއަކު މަސްތަކެއް ވަކިކުރަނީ / ފޮޓޯ:ދަމޯލްޑިވްސްއެކްސްޕާޓް

މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Ads by MPL

އެމްއެމްއޭއިން އާންމުކުރާ ރާއްޖޭގެ އެކި ސިނާއަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފަ އެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ.

އެމްއެމްއޭއިން އާންމުކުރާ ރާއްޖޭގެ އެކި ސިނާއަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ.

މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީގެ ތަފްސީލު:

ޖަނަވަރީ: 8.6 މިލިޔަން ޑޮލަރު

• ފެބްރުއަރީ: 13.3 މިލިޔަން ޑޮލަރު

• މާރިޗު: 12.4 މިލިޔަން ޑޮލަރު

• އެޕްރީލް: 18.2 މިލިޔަން ޑޮލަރު

• މެއި: 11.2 މިލިޔަން ޑޮލަރު

• ޖޫން: 10.8 މިލިޔަން ޑޮލަރު

މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވަނީ، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އެކްސްޕޯޓު ކުރި މަހުގެ މިންވަރު އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. މި ކުރިއެރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.