ޚަބަރު

މާވަށުގައި މަރާލި މޫސަގެ ކަށުނަމާދު މާދަމާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި އެ ރަށު ނަލަހިޔާ މޫސާ އިބްރާހިމް (29އ) ގެ ކަށު ނަމާދު މާދަމާ މާލޭގައި ކުރާ ގޮތަށް ހަމަޖެހިފަ އެވެ.

Ads by MPL

މާލެ ސިޓީ ކައުންސިލްގެ ކަށު ނަމާދު ޕޭޖުން ޕޯސްޓްކުރި ގޮތުގައި ކަށު ނަމާދު އޮތީ މާދަމާ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ވެސް ގެންދިޔަ އެވެ.

މޫސަގެ މަރުގެ މައްސަލާގައި ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

މޫސަ މަރާލުމަށް ބޭނުން ކުރި ވަޅި ވެސް ފުލުހުން ވަނީ މޫދު އަޑިން ހޯދައިފަ އެވެ.

 

Ads by Ooredoo