Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެންސްޕާގެ ކައުންޓަރު ހިދުމަތް ދޭ ތަން ބަދަލުކުރަނީ

އެންސްޕާގެ ކައުންޓަރު ހިދުމަތް ދޭ ތަން ބަދަލުކުރަނީ

ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)ގެ ކައުންޓާ ހިދުމަތް ދޭ ތަން ބަދަލުކުރަން ނިންމައިފި އެވެ.

ްެއެންސްޕާއިން މިހާރު ކައުންޓަރުގެ ހިދުމަތް ދެމުން ގެންދަނީ މޫކައި ސޫޓްސްގަ އެވެ.

ނަމަވެސް އެންސްޕާއިން މިއަދު އެކްސްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ އިދާރާގެ ކައުންޓަރުގެ ހިދުމަތްދޭ ތަން ބަދަލުވާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން ދެން އެންސްޕާގެ ހިދުމަތް ދޭނީ މާފަންނު އުތުރުވެހީގެ ހަވަނަ ފަންގި ފިލާއިން ކަމަށް ބުންޏެވެ.

ބެލެވޭ ގޮތުން ކައުންޓަރުގެ ހިދުމަތް އެހެން ތަނަކަށް ބަދަލުކުރަނީ އެންސްޕާ ހިންގާ އޮފީސް އެހެން އިމާރާތަކަށް ބަދަލުކުރާތީ އެވެ.

ފަސް އަހަރަށް އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން މިދިޔަ ފެބްރުއަރީ މަހު ވެސް އިއުލާންކުރި އެވެ.

އޭގެ ކުރިން އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް އެގެއިން ކުއްޔަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯއެއްގައި އެންސްޕާ ހިންގަން އެއްބަސްވުމެއް އެކުލަވާލި ނަމަވެސް ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމުން އެ އެއްބަސްވުން ފަހުން ވަނީ އުވާލާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް