ޚަބަރު

ރާއްޖޭގެ މެރިކަލްޗާ ދާއިރާ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއެކު އެމްއޯޔޫއެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖޭގެ މެރިކަލްޗާ ދާއިރާ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއެކު އެމްއޯޔޫގައި ސޮއިކުރުން

ރާއްޖެގެ މެރިކަލްޗާ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޗައިނާގެ މެރިކަލްޗާ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަންއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

Ads by MPL

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހަފްތާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު އެ އެމްއޯޔޫގައި ސޮއިކުރުމުގެ މަގުސަދަކީ އެކުންފުނިން ރާއްޖޭގައި ކުރުމަށް ތައްޔާރުވަމުން އަންނަ އިންވެސްޓުމެންޓުތަކާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަށް މަގުފަހި ކުރުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މެރިކަލްޗާ އަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ. އަދި އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވައިގެން މަސްވެރިކަން ތަރއްގީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

ރައީސްގެ ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ads by Ooredoo