Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭގެ ރަށު މާރުކޭޓު ގޮޅި ކުއްޔަށް ދޫކުރަނީ

ހުޅުމާލޭގެ ރަށު މާރުކޭޓު ގޮޅި ކުއްޔަށް ދޫކުރަނީ

ހުޅުމާލޭގެ ރަށު މާރުކޭޓު ގޮޅި ކުއްޔަށް ދޫކުރަން ނިންމައި އެ ގޮޅިތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ހިފުމަށް ޝައުގުވެރިކަން ފާޅުކޮށް މިހާރު ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެކަމަށް އެދި ހުށަޙަޅަން ޖެހޭ ފޯމު އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

Advertisement
Ooredoo — Square (box)

އީމެއިލްގެ ޒަރިއްޔާއިން އެކަނި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުށަހަޅާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ.

އެޗްޑީީސީން ބުނީ ގޮޅި ދޫކުރަނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ.

"ގުުރުއަތު ނެގުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ފަހުގެ ތާރީހެއްގައި އިއުލާންކުރެވޭނެ އެވެ" އެޗްޑީސީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް