ޚަބަރު

އަމިއްލަ ފަރާތްތަކުން މިސްކިތް އަޅަން ދެ އަހަރަށް ވުރެ އިތުރަށް މުއްދަތު ނުދޭން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަނަދޫގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތް

އަމިއްލަ ފަރާތްތަކުން މިސްކިތް އަޅަން ދެ އަހަރަށް ވުރެ އިތުރަށް މުއްދަތު ނުދޭން ނިންމައިފި އެެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާތީވެ، ކުރިއަށް އޮތްތަނުގައި އެކަމަށް ހައްލު ހޯދުމަށްޓަކައި މިނިސްޓްރީން ސިޔާސަތު ތަކެއް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

އެގޮތުން މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ސިޔާސަތުގެ ދަށުން އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލަން ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އާ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް

  • އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގޭ ގޮތަށް ހެދުން.
  • ⁠އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރެވޭ ގޮތަށް ހެދުން.
  • ⁠މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރަން ޖެހަ ގޮތަށް ހެދުން.