ޚަބަރު

އެޗްއާރުސީއެމްގެ ނާއިބު ރައީސްކަމަށް ޝަފީގު އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މުހައްމަދު ޝަފީގު މަހުމޫދު

ހުސްވެފައިވާ އެޗްއާރުސީއެމްގެ ނާއިބު ރައީސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މުހައްމަދު ޝަފީގު މަހުމޫދު މިއަދު އައްޔަނުކުރައްވައިފި އެވެ.

Ads by STELCO

މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝަފީގުއަށް ވަނީ މަގާމުގެ ލިޔުން ހަވާލުވެސް ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޝަފީގު އެޗްއާރުސީއެމްގެ މެމްބަރުގެ މަގާމަށް ރައީސް މުއިއްޒު އައްޔަނުކުރެއްވީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

ޝަފީގު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުވެސް ކުރިން ވަނީ ފުރުއްވައިފަ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގެ ރައީސްގެ މަގާމު މިވަގުތު ފުރުއްވަމުން ގެންދަވަނީ މަރިޔަމް މުނާ އެވެ.

އެޗްއާރުސީއެމްގެ އިތުރު މެމްބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ ތެރޭގައި ސަމާއު އަހުމަދު ނަޖީބު، އިސްމާއިލް ހަބީބް އަބްދުއް ރަހީމް އަދި އަހުމަދު މަގުސޫމް ހިމެނިލައްވަ އެވެ.