ޚަބަރު

ފޭސް ދޭއްގައި ހިންގާ ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޭސް ދޭއްގައި ހިންގާ ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކް

ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލުން ހުޅުމާލެ ފޭސް ދޭއްގައި ހިންގަމުންދާ ޖެނެރަލް ޕްރެކްޓިޝަނާ ކްލިނިކުން ހިދުމަތް ދޭ ގަޑި 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.

Ads by MPL

ފޭސް ދޭއްގައި ހުންނަ އެޗް-16 ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައި ޖީޕީ ކްލިނިކް ހުޅުވީ 2023 ވަނަ އަހަރު ޖެނުއަރީ މަހު އެވެ. އަދި އެ ކްލިނިކުން މިހާތަނަށް 16 ގަޑިއިރު ދިޔައީ ހިދުމަތް ދެމުން ނެވެ.

ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން މިއަދު ބުނީ ހުކުރު ފިޔަވައި ދެން ދަންވަރު ވެސް ހިދުމަތް ލިބޭ ގޮތަށް 24 ގަޑިއިރު ހިދުމަތް މިއަދުން ފެށިގެން އެ ކްލިނިކުން ލިބޭނެ ކަމަށެވެ.

އެ ކްލިނިކުން ލެބޯޓަރީގެ ބައެއް ހިދުމަތްތައް ވެސް ލިބޭއިރު އެސްޓީއޯގެ ފާމަސީއެއްވެސް ހުރެއެވެ. އަދި ދަންވަރު ނޫނީ އާންމުކޮށް ތިން ޑޮކްޓަރުން ބަލިމީހުން ބަލައެވެ.

ޖީޕީ ކްލިނިކްގެ ހިދުމަތްދޭ ވަގުތު އިތުރުކުރި އިރު ފޭސް ދޭއްގައި ދިރިއުޅޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

ާ