ދެ އަހަރާއި ބައިން ވިލިފުށީ އެއާޕޯޓު ނިންމާނަން: ރައީސް

ދެ އަހަރާއި ބައިން ތ. ވިލިފުށީގައި ތަރައްގީކުރާ އެއާޕޯޓު ނިންމާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ މިހާރު ހަޔަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ވިލުފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ ވިލުފުށީގެ ތަރައްގީގެ ކަންކަމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަންކަން ކޮށްދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
އަދި އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް މަޝްރޫއަކި ވިލިފުށީ އެއާޕޯޓުގެ މަޝްރޫއުކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެ އެއާޕޯޓު އެޅުމަށްޓަކައި ރައްޔިތުން ބޭނުންވަ ތަނުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
" މި އެއާޕޯޓަކީ 1800 މީޓަރުގެ ދިގު ރަންވޭއެއް އެޅިގެންދާނެ އެއާޕޯޓެއް. އަދި މި އެއާޕޯޓުގެ އެންމެހާ މަސައްކަތްތަކެއް ބިން ހިއްކުމާއި ހިއްކާ ބިން ހިމާޔަތްކުރުމާއި ރަންވޭ ހެދުމާއި ޓާމިނަލްއާއި ދެން ހަމަ ޖުމްލަކޮށް ހުރިހާ ކަމެއް މާދަމާއިނ ްފެށިގެން އެއްކޮށް ނިންމާ އެންމެ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ މި އެއާޕޯޓު ހުޅުވާނަން. އެއަށްވުރެ ލަހެއް ނުވާނެ. ވިއްޔާ ވާނޯ އަވަސް" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވިލުފުށީގައި އަޅާ އެއާޕޯޓުގެ މަސައްކަތް ކުރާނީ އެމްއޭސީއެލަގެ ފަރާތުން ކަމަށާއި އެ އެއާޕޯޓު އޮޕަރޭޓް ކުރާނީ ވެސް ހަމަ އެ ކުންފުނިން ކަމަށެވެ.
