ޚަބަރު

މާވަށުގައި މީހަކު މަރާލި މީހާގެ މައްޗަށް ދައުވާ އުފުލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު / ފޮޓޯ:ދެން އިމޭޖްސް

މިދިޔަ ޖުލައި މަހު ލ. މާވަށުގައި މީހަކު މަރާލި މީހާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

Ads by STELCO

ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިން ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ)  ލ. މާވަށު، މޫސާ އިބްރާހިމް މަރާލީ މޫސަގެ ކަރަށް ވަޅި ޖަހައިގެން ނެވެ.

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން އިބްރާހިމް ބަންދުކޮށްފައި ހުންނަތާ ދެ މަސް ވާން ކައިރިވެފައިވާ އިރު ފުލުހުން އެ މައްސަލައިގެ ތަހުގީގު ނިންމައި އިބްރާހިމްގެ މައްޗަށް ދައުވާކުރަން ޕްރިސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޕްރިސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ އިބްރާހިމްގެ މައްޗަށް ދައުވާކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އިބްރާހިމްގެ މައްޗަށް އުފުލާފައިވަނީ ދެ ދައުވާ އެވެ. އޭގެ ތެރޭގައި ހިމެނެނީ

  • ގަސްދުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ކުށް
  • މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުން

އިބްރާހިމް މަރާލި މޫސަގެ އޮޓޮޕްސީ ހަދަން މިދިޔަ މަހު ފުލުހުން މޫސަގެ ހަށިގަނޑު އިންޑިއާއަށް ވެސް ފޮނުވި އެވެ.

Ads by HDC