ޑޮކްޓަރުކަމުގެ ކޯސް ނިންމައި ރާއްޖެ އަންނަން އުޅެނިކޮށް ދިވެއްސަކު މަރުވެއްޖެ

ފިލިޕިންސްގައި ޑޮކްޓަރުކަމުގެ ކޯސް ނިންމައި ރާއްޖެ އަންނަން އުޅެނިކޮށް ދިވެއްސަކު މަރުވެއްޖެ އެވެ.
"ދެން" އަށް އެނގިފައިވާ ގޮތުން މަރުވީ ނ. ހޮޅުދޫ، ސްވޯޑް، ހުމެއިދު އަހުމަދު، 30، އެވެ.
އޭނާ މަރުވީ ޑޮކްޓަރުގެ ކޯސް ފުރިހަމަކޮށް އިންޓާންޝިޕްވެސް ފުރިހަމަކޮށް މިއަދު ރާއްޖެ އަންނަން އޮއްވަ އެވެ.
އެހެން ނަމަވެސް ހުމައިދު ފްލައިޓުން ނައުމުން އާއިލާއިން އޭނާއަށް ގުޅައި ހަބަރެއް ނުވުމުން އޭނާއާ އެއްކޮށް އުޅުނު އެހެން މީހަކަށް ގުޅައިގެން ހަބަރުބެލިއިރު ހުމައިދު އޮތީ މަރުވެފައިކަން "ދެން" އަށް ވަނީ އެނގިފަ އެވެ.
ނަމަވެސް މަރުވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ. އަދި އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ކުރަމުން ދިޔަ މީހެއްކަމެއް ވެސް އެނގިފައެއް ނުވެއެވެ.
އޯ ލެވެލްއާއި އޭ ލެވެލްއިން ވެސް ގަދަ ދިހައެއްގައި ހިމެނުނު ހުމައިދުއަކީ އޭނާގެ އާއިލާގައި ދޮއްޓަށް ހުރި މީހާ އެވެ.
