Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަހިބަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން މާފަރު ފަޅު ހިއްކަން ފަށައިފި

މަހިބަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން މާފަރު ފަޅު ހިއްކަން ފަށައިފި

އދ. މަހިބަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން އެ ރަށާ ކައިރީގައި އޮންނަ މާފަރު ފަޅު ހިއްކަން މިއަދު ފަށައިފި އެވެ.

އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ހަތް ސަރަހައްދެއް ކަނޑައަޅައި ސަރުކާރުން އިއުލާންކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެ އާބަން ސެންޓަރުތަކުގެ ތެރޭގައި މަހިބަދޫ ހިމެނި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އާބަން ސެންޓަރު ތަރައްގީކުރަން މާފަރު ފަޅު ހިއްކަން އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ.

Advertisement
HDC — Sidebar (box)

އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރެއްވި އިރު އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

އަދި އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފަ އެވެ.

އެ މަސައްކަތް ނިންމަން ހަވާލުކުރި އަގާއި މުއްދަތު ސާފެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް